Safe Roads for All

15, 17, 18 August 2009

Kalaafaanu School / Youth Centre / Dharubaaruge

The public roads of the country is required to be made a safe place for everyone. It is important to gather ideas and opinions of the public, the youth, the elderly of the country to make this a success. For this purpose a workshop/seminar/discussion is planned on the 15th, 17th and 18th of August 2009.

Seminar for Students
Date: 15 August 2009
Time: 8 a.m. to 6 p.m.
Venue: Kalaafaanu School

Public Open Forum
Date: 17 August 2009
Time: 8 p.m. to 10 p.m.
Venue: Youth Center

Seminar for Stakeholders
Date: 18 August 2009
Time: 8 a.m. to 6 p.m.
Venue: Dharubaaruge

You may submit your comments below. (Comments will be moderated before publishing.)

އެންމެންނަށް ރައްކާތެރި މަގެއް

އޯގަސްޓް 15 (ހޮނިހިރު)، 17 (ހޯމަ)، 18 (އަންގާރަ)، 2009

ކަލާފާނު ސްކޫލް / ޒުވާނުންގެ މަރުކަޒު / ދަރުބާރުގެ

މާލޭގެ މަގުތަކާއި އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވުމާއެކު މިފަދަ މަސައްކަތްތަކެއް ކުރުމުގައި ޢާއްމު ފަރާތްތަކާއި ދިވެހި ޒުވާނުންނާއި ހަރުމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެއްކަމުގައި ވާތީވެ މިމަހުގެ 15، 17 އަދި 18 މި ތިން ދުވަހު ކަލާފާނު ސްކޫލް ހޯލާއި، ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައާއި ދަރުބާރުގޭގައި “އެންމެންމަށް ރައްކާތެރި މަގެއް” މި ޝިޢާރުގެދަށުން ވަރކްޝޮޕް/ސެމިނަރ އެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އޯގަސްޓް 15 (ހޮނިހިރު)، 2009، ހެނދުނު 8:00ން ހަވީރު 6:00ށް، ކަލާފާނު ސްކޫލް

ސީ.އެޗް.އެސް.ސީ. އަދި މާލޭގެ ބޮޑެތި ސްކޫލްތަކުގެ ގްރޭޑް 8، 9، 10، 11، 12 މި ގްރޭޑްތަކުން 130 ދަރިވަރުން މަންދޫބުންގެގޮތުގައި .

އޯގަސްޓް 17 (ހޯމަ)، 2009، ރޭގަނޑު 8:00ން 10:00ށް، ޒުވާނުންގެ މަރުކަޒުގެ ގޯތިތެރެ

ޢާއްމުންނަށް ހުޅުވާލެވިފައިވާ ޚިޔާލު ހުށަހެޅުމުގެ އޯޕަން ފޯރަމް.

އޯގަސްޓް 18 (އަންގާރަ)، 2009، ހެނދުނު 8:00ން ހަވީރު 6:00ށް، ދަރުބާރުގެ

ޖަމާޢަތްތެރޭގައި ހިމެނޭ ޓްރެފިކާ ގުޅުންހުރި އެކި ފަރާތްތައް .

ތިޔަބޭފުޅުންގެ ޚިޔާލު ހުށަހެޅުއްވުމަށް ތިރީގައިއެވާ ޖާގަ ބޭނުންކުރައްވާށެވެ. (ވެބްސައިޓުގައި ޚިޔާލު ޝާއިޢުކުރެވޭނީ ބަލާ ފާސްކުރުމަށްފަހުގައެވެ.)


Copyright © Ministry of Housing, Transport and Environment. All rights reserved. For inquiries please email: secretariat@environment.gov.mv